twitterviber whatsapp telegramfacebookyoutube instagram
17th April 2025

އަޅާފައިހުރި ފިޔަވަޅުތަކަށް ލުއިދޭން ޖެހޭނީ ވިސްނައިގެން

May 20, 2020

ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު އަޅާފައި ހުރި ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ޖެހޭ ކަމަށާއި އެކަން ކުރާނީ ވަރަށް ވިސްނައިގެން ފަރުވާތެރި ކަމާ އެކުގައި ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

"ސަން" އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ

މާލެއިން ކޮވިޑް-19 ގެ ކޭހެއް ފެނުމާ އެކު ފުރަތަމަ ހެދި އަންދާޒާތަކުގައި ލަފާކުރެވުނީ މި މަހުގެ މެދެއްހާ ހިސާބުގައި ޕީކްއަށް ދާނެ ކަމަށާއި އޭރުގެ އަދަދުތައް ހުރީ ވަރަށް މަތީގައި ކަމަށެވެ. އަދި ރާއްޖޭގެ ބަލީގެ ޓްރެންޑް މިހާރު މި ހުރީ ލޮކްޑައުންގެ ސަބަބުން ފެތުރެމުންދާ މިންވަރު ދަށްކުރެވި ބަލި ކުއްލިއަކަށް ފެތުރިގެންދާނެ ކަމަށް ކުރިން ލަފާކުރެވިފައިވާ ލަފާކުރުންތަކާ ތަފާތުކޮށްކަމަށާއި އެއީ ލޮކްޑައުންގައި ތިބުމާއި ދުރާލާ އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އަދި ޕީކްއަށް ދާނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު އަދަދުތައް ހުރީ ވަރަށް މަތީގައި ކަމަށާއި އެ އަދަދުތަކަށް ބަަލައިގެން އެޅި ފިޔަވަޅުތަކަށް ފަހު ހާލަތަށް އައި ބަދަލާ އެކު އަންދާޒާތައް ރިވިއުކުރި އިރު އަދަދުތައް ދަށްވެ ޕީކް އަންނާނެ ކަމަށް ބެލެވުނީ މި މަހުގެ ފަހު ހަފްތާގައި ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފުރަބަންދު ކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކަކީ ރައްޔިތުންގެ ދިރިއުޅުމަށް އެތައް ދަތިތަކެއް ތަހައްމަލް ކުރަން ޖެހި އެތައް ބައެއްގެ އާމްދަނީ އާއި ވަޒީފާތައް ގެއްލި އަތް މަތި ދަތިވާ ކަމެއް ކަން ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ފުރަބަންދުގެ ފިޔަވަޅުތަކާއި އެކަންކަމަށް އާންމުން އަމަލުކުރިލެއް ބޮޑުކަމުން ޕީކްގައި ބަލި ޖެހޭ އަދަދާ ފަރުވާދޭން ޖެހޭ އަދަދު ވަރަށް ބޮޑުތަން ދަށްވެފައި ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355