twitterviber whatsapp telegramfacebookyoutube instagram
17th August 2025

އޮންލައިންކޮށް ކިޔަވައިދޭން ގައުމީ ސްޓޭންޑަޑެއް މުހިއްމު

May 21, 2020

އޮންލައިންކޮށް ކިޔަވައި ދޭން ގައުމީ ސްޓޭންޑަޑެއް ކަނޑައެޅުމަކީ މިހާލަތުގައި ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ކުރަން ވަރަށް މުހިއްމު ކަމެއް ކަމަށް ހަޔާ އެޑިއުކެޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅު ވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 އިގެ ބަލިމަޑިކަމުގެ ތެރޭގައި ގޭގައިތިބެ ކިޔެވުމަށް ދަރިވަރުންނަށް ވެސް އަދި ޔުނިވަސިޓީތަކަށް ވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

ވިޑް-19 އާއި ގުޅިގެން ޔުނިވަސިޓީ އާއި ކޮލެޖްތަކުގެ ލެކްޗަރާއިން އޮންލައިންކޮށް ކިޔަވައި ދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެ އެވެ. އެގޮތުން އޮންލައިން ކޮށް ކިޔަވައިދޭ ޕްލެޓްފޯމްތަކަށް އަހުލުވެރި ކުރުމާއި ކޯސްތަކުގެ ކިޔަވައިދުނުމާއި ދަރިވަރުން އެސެސް ކުރުމުގެ ކަންތައްތައް ކުރުމަށް ވަނީ ބޮޑެތި ބަދަލުތަށް ގެންނަން ޖެހިފަ އެވެ.

އެގޮތުން އޮންލައިންކޮށް ކިޔަވައިދިނުމުގައި ގައުމީ ސްޓޭންޑަޑެއް ގާއިމް ކުރުމަކީ ވަރަށް މުހިއްމު ކަމަށާއި އެފަދަ ސްޓޭންޑަޑެއް އެކުލަވައިލުމުން މަތީ ތައުލީމު ފޯރުކޮށް ދޭ ޔުނިވާސިޓީ އާއު ކޮލެޖްތަކުން އޮންލައިންކޮށް ކިޔަވައިދޭ ކޯސްތަކުގެ ފެންވަރު ކަށަވަރު ކުރެވި މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް އޮންލައިންކޮށް ލިބިގެންދާ ތައުލީމަކީ ފެންވަރު ރަނގަޅު ވަކި ސްޓޭންޑާޑަކަށް ގިންތި ކުރެވޭ ކޯސްތަކެއް ކަމުގައި ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355