ކޮރޯނާ ވައިރަސްއާއެކުވެސް ދަރިވަރުންނަށް ކަނޑައަޅާފައި ހުރި ސްކޮލަޝިޕްތަަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ، އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކިތަންމެ ދަތިިވިޔަސް މީހުން ބިނާ ކުރަން ކަނޑައަޅާފައި އޮންނަ ބަޖެޓުގައި އަތް ނުލާނެކަމަށާއި ސްކޮލަޝިޕްތައް ކަނޑާލުމުގެ ވިސްނުން ނުގެންގުޅޭކަމަށެވެ.
މީގެ އިތުުރުން މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއެކު ބޭރުގެ ބައެއް ތަންތަނުން ކިޔެވުން މެދުކަނޑާލާފައި އޮތް ނަމަވެސް ކުރިއަށް އޮތް ސެމިސްޓާގައި ކިޔެވުން ކުރިއަށް ނުގެންދާނެކަމަށް އެނގިފައި ނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 550 ލޯންގެ ފުރުސަތު މަތީ ތަލުލީމަށް ހުޅުވާލި އެވެެ. ނަަމަވެސް އެ ލޯންތައް އަދި ޕްރޮސެސް ނުކުރެވޭތީ އަދި ދަރިވަރުންނަށް ފައިސާ ދޫނުކުރާކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
ކޮވިޑްއާ ގުޅިގެން ބޭރުގައި އަމިއްލަ ގޮތުން ކިޔަވަން ގޮސް ހާލުގައި ޖެހުނު ބައެއް ދަރިވަރުންނަށް މިނިސްޓްރީން މިހާރު ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.