twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިދޭން މަޝްވަރާ ކުރައްވައިފި

May 21, 2020
1

ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކަށް ލުއި ދިނުމުގައި އަމަލުކުރާނެ ގޮތްތަކަކާ ގުޅޭ ގޮތުން ކެބިނެޓުގައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބޭއްވި ކެބިނެޓް ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އެ ބައްދަލު ކުރެއްވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ހުރިހާ ވުޒާރާތަކުންވެސް ރާއްވަވަމުން ގެންދަވާ ކަންތައްތަކާއި ގައުމު އާރާސްތު ކުރުމަށް އިތުރަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިދިޔަ އެޕްރީލް މަހުގެ 15 ގައި މާލެ އިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރިތާ މަހަކަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ.

މި މުއްދަތުގައި އާއްމުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، މި މަހުގެ 28 އަށް ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރޭ ގައުމާ މުހާތަބު ކުރައްވާ ދެއްވި ވާހަކަފުޅުގައި އެކަން އިއުލާން ކުރައްވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355