twitterviber whatsapp telegramfacebookyoutube instagram
1st May 2024

ރަނގަޅު ވި މީހުންގެ އަދަދު 104 އަރައިފި

May 22, 2020

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 104 އަރައިފި އެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 104 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިއަދުވެސް ވަނީ ބައްޔަށް 30 މީހުން ޕޮޒިޓިވްވެފައެވެ. އެއީ 14 ދިވެހިންނާއި، ބަގްލަދޭޝްގެ 10 މީހުންގެ އިތުރުން އިންޑިޔާގެ 6 މީހެކެވެ. އެއާއިއެކު ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1216 އަރާފަ އެވެ. އަދި މިވަގުތު 1106 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިވަގުތު ކަރަންޓީންގައި 1556 މީހަކު އެބަ ތިއްބެވެ. އަދި އައިސޮލޭޝަންގައި 1038 މީހަކު އެބަތިއްބެވެ.

މިހާތަނަށް މި ބަލިން ރާއްޖޭން 4 މީހަކު މަރުވެފައިވާއިރު މިއަދު ވަނީ މަނަދޫއިން ފުރަތަމަ ޕޮޒިޓިވި އަންހެން މީހާވެސް މަރުވެފައެވެ. ނަމަވެސް އެމީހާ އެ ބަލިން ރަނގަޅު ވެފައިވާކަމަށް ހެލްތް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355