twitterviber whatsapp telegramfacebookyoutube instagram
29th April 2025

ތަކަންދޫ އާންމު ހާލަތަށް ގެނެސްފި

May 22, 2020

ކޮވިޑް-19 ފެނުމާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ހއ ތަކަންދޫ އާންމު ހާލަތަށް ގެނެސްފި އެވެ.

ތަކަންދޫ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ ކޮވިޑް ބަލީގެ ތިން މީހަކު ފެނުމާއި ގުޅިގެންނެވެ. އެރަށުން ކޮވިޑަށް ޕޮޒިޓިވްވީ ދެ އަންހެނުންނާއި އަންހެން ކުއްޖެކެވެ. އެއީ ފަސް އަހަރުގެ އަންހެން ކުއްޖެކެވެ.

ނަމަވެސް އަދިވެސް އެ ތިން މީހުން ތިބީ ކަރަންޓީން ފެސިލިޓީތަކުގައެވެ. އެގޮތުން އުމުރުން ފަސް އަަހަރުގެ ކުއްޖާއާއި އޭނާގެ މަންމަ އަދި 37 އަހަރުގެ އަންހެން މީހާ ކަރަންޓީން ކޮށްފައިވަނީ ހައިޑްއަވޭ ރިސޯޓު ގައެވެ.

މި މީހުންގެ ތެރެއިން ފަސް އަހަރުގެ އަންހެން ކުއްޖާ އަދި 29 އަހަރުގެ އަންހެން މީހާގެ ފަހުން ހެދި ދެ ނަތީޖާވެސް ވަނީ ނެގެޓިވްވެފައެވެ. އަދި 37 އަހަރުގެ އަންހެން މީހާގެވެސް ފަހުން ނެގި ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. އަދި އޭނާގެ ދެވަނަ ސާމްޕަލެއް ނެގުމަށްފަހު މިހާރު ދަނީ ޓެސްޓް ކުރަމުންނެވެ.

ތަކަންދޫ އާންމު ހާލަތަށް ގެނެސްފައިވަނީ އެ މީހުން ރަނގަޅުވުމާއި އަދި ބަލި ޖެހިފައިވާ އިތުރު މީހަކު އެ ރަށުން މިފަހުން ފެނިފައިނުވާތީއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com