twitterviber whatsapp telegramfacebookyoutube instagram
26th September 2026

މިއަހަރުގެ ފިތުރު އީދު ދުވަހަކީ އާދިއްތަ

May 22, 2020

މި އަހަރުގެ ފިތުރު އީދަކީ އަންނަ އާދިއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ގަރާރުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، އީދު ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ކަނޑައެޅީ މިއަދުގެ އިރުއޮއްސުމަށް ފަހު، ރާއްޖޭގެ އެއްވެސް ތަނަކަށް ހަނދު ސާބިތު ކުރެވިފައި ނުވާތީ ކަމަށެވެ. އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ނުވާ ކަމަށް ގަރާރުގައި ވެ އެވެ.

އާދިއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައެޅިއިރު ރާއްޖެ މިހާރު ނުރައްކާތެރި ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތުގަ އެވެ.

ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން މިހާރު ވަނީ 25 މިސްކިތެއް ފިޔަވައި އެހެން ހުރިހާ މިސްކިތެއްގައި ނަމާދު ކުރުމުގެ ހުއްދަ ސަރުކާރުން ދީފަ އެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ނުވަތަ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293