twitterviber whatsapp telegramfacebookyoutube instagram
23rd February 2026

ކޮވިޑް-19: ރާއްޖޭން ބަލި ޖެހުނު މީހުންގެ އަދަދު 1371 އަށް

ނަބީލާ އިސްމާޢީލް
May 25, 2020
1

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1371 އަށް އަރައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ރޭގެ 11:30 އާއި ހަމައަށް އިތުރު 58 މީހަކަށް މި ބަލި ޖެހި ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ 1371 އަށް އަރާފައިވާއިރު އިއްޔެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހީން ކަމަށެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ 25 ދިވެހިންނާއި 13 ބަންގުލަދޭޝް މީހުންނާއި 14 އިންޑިއާ މީހުންގެ އިތުރުން ނޭޕާލްގެ 6 މީހެކެވެ.

މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ކޮވިޑް19 ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެދުވަހު ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވް 6000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.

ފެންނަ ކޭސްތައް މަދުވާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ލޮކްޑައުން މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފުރަބަންދުގެ މުއްދަތު ހަމަވާނީ މިމަހު 28 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355