twitterviber whatsapp telegramfacebookyoutube instagram
6th September 2026

ބަލިން ރަނގަޅުވި އަދަދު 144 އަށް އަރައިފި

May 25, 2020

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު 17 މީހަކު ބަލިން ރަނގަޅުވެ، ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 144 އަށް އަރައިފި އެވެ.

އިއްޔެ މި ބައްޔަށް 58 މީހަކު ޕޮޒިޓިވްވެފައިވާއިރު ރާއްޖޭގައި 1371 މީހަކަށް މި ބަލި ޖެހިފައި ވީނަމަވެސް އެކްޓިވް ކޭސްގެ ގޮތުގައި ހެލްތް ޕްރޮޓެކްޝަން (އެޗްޕީއޭ)ގެ ޑޭޝްބޯޑުން ދައްކަނީ 1221 އެވެ. އޭގެ ތެރެއިން 11 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގަ އެވެ.

މިވަގުތުވެސް އައިސޮލޭޝަންގައި 1127 މީހުން އެބަތިއްބެވެ. އަދި ކަރަންޓީންގައި 1650 މީހުން އެބަ ތިއްބެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެސް ވެފައެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން ދިގުކަމަށް ޑޮކްޓަރުންވަނީ މީގެ ކުރިން ފާހަގަ ކުރައްވާފަ އެވެ. ކޮވިޑް- 19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ އަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355