twitterviber whatsapp telegramfacebookyoutube instagram
7th December 2025

ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 232 އަރައިފި

May 27, 2020

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 78 މީހަކު ރަނގަޅު ވެއްޖެ އެވެ. މިއާއިއެކު ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 232 ވަނީ އަރާފައެވެ.

އިއްޔެ ވެސް 32 މީހަކު ކޮވިޑުން ރަނގަޅުވި އެވެ. އަދި މިއަދު ވަނީ 46 ރަނގަޅުވެފަ އެވެ. މިއަދު ރަނގަޅުވީ މީހުންގެ ތެރޭގައި ހިމެނެނީ 30 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ހަތަރު މީހަކާއި 10 ދިވެހިންނެވެ. ދެން ހިމެނެނީ ނޭޕާލާއި ސްރީލަންކާގެ މީހެކެވެ.

ކޮވިޑު ޖެހިގެން ރައްޖޭން އިތުރު މީހަކު މަރުވެފައިވާއިރު މިއަދު ވަނީ އިތުރު 43 މީހަކަށް މި ބަލި ޖެހިފައެވެ. އެ މީހުނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1438 އަށް އަރާފަ އެވެ.

މިވަގުތު ކަރަންޓީންގައި 1817 މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 1108 މީހަކު އެބަ ތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355