twitterviber whatsapp telegramfacebookyoutube instagram
27th October 2025

އިތުރު 19 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

May 27, 2020

ރާއްޖެއިން އިތުރު 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މި 19 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1454 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން އިންޑިއާ މީހަކާއި ނޭޕާލްގެ މީހެއް ކަމަށެވެ.

ކޮވިޑްގެ ބަލި މީހުން ފެނަން މިންވަރު މަދުވަމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން މަސް ދުވަހަށް ފަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ މިއަދު ބައެއް ރަށްތަކަށް ވަނީ ދީފަ އެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑު ޖެހުނު 232 މީހަކު ރަނގަޅު ވެފައިވާއިރު 5 މީހަކު ވަނީ މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355