twitterviber whatsapp telegramfacebookyoutube instagram
20th October 2025

ދެ ގައުމެއްގައި ތިބި 73 ދިވެއްސަކު ރާއްޖެ ގެންނަނީ

May 27, 2020

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ނާދެވިފައިތިބި 73 ދިވެއްސަކު ރާއްޖެއަށް ގެނެސްދިނުމަށް ނިންމައިފި އެވެ.

މި އެންމެން ދަތުރު ކުރާނީ ސްރީލަންކަން އެއަލައިންސްގައި ލަންޑަނުންނެވެ. ބެލަރޫސްގައި ތިބި މީހުން މި ފްލައިޓަށް ކަނެޓްވުމަށް ހޮނިހިރު ދުވަހު މިންސްކް އިން ލަންޑަނަށް ދާނެ އެވެ. މި މީހުން ދަތުރު ކުރާނީ އަންނަ އާދިއްތަ ދުވަހުއެވެ.

ރާއްޖެއަށް ގެނެސްދެނީ ބެލަރޫސްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 މީހަކާއި އިނގިރޭސިވިލާތުގައި ތިބި 23 ދިވެއްސެކެވެ.

މި ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓަށް ހަރަދު ކުރަނީ އަމިއްލަ އަށެވެ. އެ މީހުން ރާއްޖެ އައުމުން 14 ދުވަހަށް ކަރަންޓީނު ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355