twitterviber whatsapp telegramfacebookyoutube instagram
19th May 2026

ލުއިދިން ނަމަވެސް ރަށްރަށަށް ދަތުރު ކުރުން މަނާވާނެ

May 27, 2020
1

ލޮކްޑައުންގެ ހާލަތަށް ލުއި ދިންނަމަވެސް އެއްރަށުން އަނެއް ރަށައް ދަތުރުނުކުރެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށް އަދި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އެއް ރަށުން އަނެއް ރަށައް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުންގައި ލުއިތަކެއް ދޭން ނިންމި ނަމަވެސް އެއްރަށުން އަނެއް ރަށައް ދަތުރުނުކުރެވޭނެ ކަމަށެވެ.

އެއް ރަށުން އަނެއް ރަށައް ދަތުރުކުރުން މަނާކުރީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑްގެ ބަލި މީހަކު ފެނުމާއި ގުޅިގެންނެވެ.

ލޮކްޑައުންއާއި ގުޅިގެން ރަށްރަށުން މާލެއައިސް އެނބުރި ނުދެވި ތިބި ފަރާތްތަކަށރަށްރަށައް ދެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ތަނެއްގައި 14 ދުވަހު ކަރަންޓީން ކުރުމަށްފަހު އެވެ.

ރަށްރަށައް ދިއުމަށްޓަކައި މިހާރުވެސް 800 ވުރެ ގިނަ މީހުން ވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ފަށާފައެވެ.

ލޮކްޑައުންއާއި ގުޅިގެން ވަރަށް ގިނަ ބަޔަކު މާލޭގައި ރަށްރަށައް ނުދެވި ތާށިވިއެވެ. އަދި މާލެ ނާދެވި އެތައް ބަޔަކު ރަށްރަށުގައި ތާށިވިއެވެ. އެހެން ކަމުން ފުލުހުންގެ ހާއްސަ ހުއްދައެއްގެ ދަށުން ބައެއް މީހުންނަށް މާލެ އައުމުގެ ހުއްދަ ވަނީ ދީފައެވެ. އެގޮތުން މާލެ އައުމުގެ ހުއްދަ 3016 މީހަކަށް ވަނީ ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355