twitterviber whatsapp telegramfacebookyoutube instagram
20th October 2025

ފުރަބަންދަށް ދިން ލުއިތަކާއި ބެހޭގޮތުން ކެބިނެޓުން މަޝްވަރާކޮށްފި

May 28, 2020

މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ފުރަބަންދަށް ދިން ލުއިތަކާއި ބެހޭގޮތުން ކެބިނެޓުން މަޝްވަރާކޮށްފި އެވެ.

އެގޮތުން ރައީސް އޮފީހުން ބުނީ ކޮވިޑް-19 ފެތުރުން ކުޑަކުރުމަށް ޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފުރަތަމަ ފިޔަވަހީގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަޅުއްވަން ނިންމަވައި، މިހާރު އިއުލާނުކުރައްވާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮންމެހެން ދެއްވަންޖެހޭ ހިދުމަތްތައް ވެސް ކުރިއެކޭ އެއްގޮތަށް ދެއްވުމަށްޓަކައި އިތުރަށް ކުރައްވަންހުރި ކަންކަމާ ބެހޭ ގޮތުންނާއި އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވައިގެން ހުރިހާ އިދާރާތަކުން ވެސް ކަންކަން ކުރައްވަމުންގެންދެވުމުގެ މުހިންމު ކަމާއި ބެހޭގޮތުން ރައީސް ވަނީ ވަޒީރުންނާއިއެކު މަޝްވަރާ ކުރައްވާފައެވެ.

މިއަދު މެންދުރު ފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި ކޮންމެހެން ދެއްވަންޖެހޭ ހިދުމަތްތައް ވެސް ކުރިއެކޭ އެއްގޮތަށް ދެއްވުމަށްޓަކައި އިތުރަށް ކުރައްވަންހުރި ކަންކަމާ ބެހޭ ގޮތުންވެސް ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ސަރުކާރުން މިހާރު ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، އެ ލުއިތައް ތަންފީޒުވާނެ ގޮތަށް، މާލެ ސަރަހައްދުގެ ފުރަަބަންދުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފަ އެވެ. އެގޮތުން ފުރަތަމަ ފިޔަވެއްސަށް ހޭދަވާ ދެ ހަފްތާގެ ލުއިތައް ރޭގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ވަނީ އިއުލާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355