twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑަށް ޕޮޒިޓިވްވި އަދަދު 1500 ވުރެ މަައްޗަށް އަރައިފި

May 28, 2020
1

ރާއްޖޭން އިތުރު 56 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ ޕޮޒިޓިވްވި އަދަދު 1500 ވުރެ މައްޗަށް އަރައިފި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ޖުމްލަ އަދަދު މިވަނީ 1513 އަރާފައެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މިހުންގެ ތެރޭގައި ހިމެނެނީ ހިމެނެނީ 18 ދިވެހިންނާއި 35 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ 3 މީހުންނެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 242 މީހަކު ރަނގަޅުވެފައިވާއިރު މި ބަލީގައި 5 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް ސަރުކާރުން ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް ދޭން ނިންމާފައިވާ ލުއިތައް މިހާރު ވަނީ އިއުލާންކޮށްފައެވެ. ލުއިދޭން ނިންމި ކަމަށްވިއަސް ފުރަބަންދު ވަނީ އިތުރު 1 ހަފްތާއަށް ދަންމާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355