twitterviber whatsapp telegramfacebookyoutube instagram
17th October 2025

އިތުރު 34 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޚަދީޖާ އާދަމް
May 29, 2020

ރާއްޖޭން އިތުރު 34 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މި 19 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1547 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 21 މީހުންގެ އިތުރުން އިންޑިއާ މީހެއް ކަމަށެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 242 މީހަކު ރަނގަޅުވެފައިވާއިރު މި ބަލީގައި 5 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަމުންދާ މިންވަރު ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް ސަރުކާރުން ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް ދޭން ނިންމާފައިވާ ލުއިތައް މިހާރު ވަނީ އިއުލާންކޮށްފައެވެ. ލުއިދޭން ނިންމި ކަމަށްވިއަސް ފުރަބަންދު ވަނީ އިތުރު 1 ހަފްތާއަށް ދަންމާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355