twitterviber whatsapp telegramfacebookyoutube instagram
25th September 2026

ބަގްލަދޭޝްގެ އިތުރު 390 މީހަކު ގައުމަށް ފޮނުވާލައިފި

May 30, 2020

މިއަދާއި އިއްޔެ ރާއްޖޭގައި މަސައްކަތް ކުރާ ބަގްލަދޭޝްގެ 390 ވުރެ ގިނަ މީހުން ގައުމަށް ފޮނުވާލައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ އެ އެއާލައިންގެ މަތިންދާބޯޓެއްގައި އިއްޔެ 198 މީހަކު ބަންގްލަދޭޝް އަށް ގެންގޮސްފައި ކަމަށެވެ. މިއަދު ވެސް 195 މީހަކު ފުރުވައިލި އެވެ. މިހާތަނަށް ބަންގްލަދޭޝްގެ 1،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ.

ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ މީހުން އަނބުރާ ފޮނުވުމާއި އެހެން ގައުމުތަކުން ދިިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ މޯލްޑިވިއަން އިންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެ މީހުން ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ ބައެއް މީހުން ވެސް ކުރިން ވަނީ ފޮނުވާލައިފަ އެވެ.

ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ބަގްލަދޭޝް މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293