twitterviber whatsapp telegramfacebookyoutube instagram
26th September 2026

ރާއްޖެ އަލުން ހުޅުވާލައިރު އިތުރު ފީއެއް ނުނަގާނެ

May 30, 2020
2

ކޮވިޑް-19 ރައްޖޭގައި ފެތުރި ރާއްޖޭގެ ބޯޑާރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާއިރު އިތުރު ފީއެއް ނުނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިރޭ ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ނިއު ނޯމަލްގައި ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ނަމުގައި ޑްރާފްޓެއް ތައްޔާރުކޮށްފައެވެ.

އެ ޑްރާފްޓްގައި އަލުން ފަތުރުވެރިކަން ފަށައިގަންނައިރު ބައެއް ފީތައް ނަގަން ހިމަނާފައިވާތީ ދާއިރާގެ ތަޖުރިބާކާރުން އަދި އިންވެސްޓަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އަލުން އިންޑަސްޓްރީގެ މަސައްކަތްތައް ފަށައިގަންނައިރު ރާއްޖެ އެތެރެވުމަށް އެއްވެސް ފަތުރުވެރިއެއްގެ އަތުން އިތުރު ފީތަކެއް ނުނަގާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށްދޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ޓޫރިޒަމް ހުޅުވާލަން ތައްޔާރުވުމުގެ ގޮތުން އަންނަ މަހު ހާއްސަ ހަރަކާތެއް ބާއްވަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި ޓޫރިޒަމް މިނިސްޓްރީންވެސް ގެންދަނީ ގިނަ ހަރަކާތްތަކެއް ރާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293