twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 400 އަރައިފި

May 31, 2020

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 159 މީހަކު ރަނގަޅު ވެއްޖެ އެވެ. އެގޮތުން މިހާތަނަށް ބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 401 އަށް އަރާފައެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިވަގުތު ބަލިޖެހިގެން 1،264 މީހަކަށް ފަރުވާ ދެމުން ދާއިރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1672 އަށް އަރާފައެވެ.

ރާއްޖޭން ކޮވިޑްޖެހިގެން މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355