ރާއްޖޭން މިހާތަނަށް 10 އަހަރުން ދަށުގެ 43 ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
ހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއި ގުޅުންހުރި ގިނަ މައުލޫމާތު ހާމަކުރަމުން އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 21 މީހަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށާއި 10 އަހަރުން ދަށުގެ 43 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ދިގު މުއްދަތަށް އެކި ބަލި ބައްޔަށް ބޭސްކުރަމުންދާ މީހުންގެ ތެރެއިން 53 މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އުމުރުން ދުވަސްވީ މީހުންނާއި 10 އަހަރުން ދަށުގެ ކުޑަކުދިން އަދި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަކީ ކޮވިޑް ބަލި ޖެހުމުން ހާލު ސީރިއަސްވުމުގެ ފުރުސަތު އޮތް މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓާއަކާ ގުޅުމެއްނެތް 87 މީހަކު ފާހަގަކުރެވިފައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 13 މީހަކަށެވެ. އެ އެންމެންނަށްވެސް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.