twitterviber whatsapp telegramfacebookyoutube instagram
10th July 2020

ކޮވިޑް ޖެހިގެން ހަ ވަނަ މީހަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Jun 1, 2020

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން ރާއްޖެއިން 6 ވަނަ މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރު 2:30 ގައި މަރުވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އައި ބަންގްލަދޭޝް، 54 އަހަރުގެ މީހެއް ކަމަށެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި ބަގްލަދޭޝްގެ ތިންވަނަ މީހާ އެވެ. ރާއްޖެއިން މި ބައްޔަ ޕޮޒިޓިވްވި މީހުންގެ ތެރޭގައިވެސް ގިނައީ ބަންގުލަދޭޝްގެ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 1773 އަށް އަރާ އިރު އޭގެ ތެރެއިން 974 މީހުންނަކީ ބަންގުލަދޭޝްގެ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން ހަ މީހަކު މަރުވި އިރު އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ. މިހާތަނަށް 453 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355