ރާއްޖެއިން ކޮވިޑް-19 އަށް 1829 މީހުން މިހާތަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 488 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ތަފްސީލްތަށް ހާމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންޝީ (އެޗްޕީއޭ) އިން ހަދާފައިވާ ކޮވިޑް ޑޭޝްބޯޑުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި 1829 މީހުން ވަނީ ޕޮޒިޓީވްވެފަ އެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި 1333 ކޭސްވާއިރުގައި 488 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ބަލީގައި ރާއްޖެއިން މިހާތަނަށް 7 މީހުން މަރުވެފައިވާއިރު ރާއްޖޭގެ ރިކަވަރީ ރޭޓަކީ 26.68 އިންސައްތަ އެވެ. މީގެ ކުރިން ޑޮކްޓަރުން ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި ބަލިން ރަނގަޅުވާ ނަގާ މުއްދަތު އިތުރު ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާތަނަށް އެންމެ ގިނައީ ބިދޭސީންނެވެ. އޭގެ ތެރެއިންވެސް ނިސްބަތުން ބަންގުލަދޭޝް މީހުން ގިނައިރު މިހާތަނަށް 1003 ބަންގުލަދޭޝް މީހަކަށް ވަނީ ބަލިޖެހިފަ އެވެ. އަދި 590 ދިވެހީން ވަނީ ޕޮޒިޓިވްވެފަ އެވެ.