twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކޮވިޑާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި 255 މީހަކަށް އެލަވެންސް ދީފި

Jun 3, 2020

ކޮވިޑް19ގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ ގެއްލުމުގެ ސަބަބުން ވަޒީފާ އަށް އަސަރުކޮށްފައިވާ 255 މީހަކަށް އިންކަމް ސަޕޯޓު އެލަވެންސް ދީފި އެވެ.

މި ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ. މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެމިނިސްޓްރީން މިއަދު ބުނީ 255 މީހުންނަށް އެލަވެންސްގެ ގޮތުގައި ދިނުމަށް 1.06 މިލިއަން ރުފިޔާ މިހާތަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިންކަމް ސަޕޯޓް އެލަވެންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.

މެއި އެކަކުން ން 30 މެއިގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ހަތެއް ޖޫން އެވެ. އަދި ޖޫން އެކަކުން ން 30 ޖޫންގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355