twitterviber whatsapp telegramfacebookyoutube instagram
20th October 2025

ރަށްރަށުގައި ތިބި މުވައްޒަފުންނަށް ރިސޯޓަށް ދެވޭނެ ގޮތް ހަމަޖައްސައިފި

Jun 4, 2020

މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުގައި ތިބި ރިސޯޓްތަކުގެ މުވައްޒިފުންނަށް ރިޒޯޓްތަކަށް ދެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ބުނީ މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިނުވާ ރަށްރަށުން ރިޒޯޓްތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒިފުންނަށް، އެ ރިޒޯޓެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވުމަށްފަހު ވަޒީފާއަށް ނިކުމެވޭނެ ކަމަށްވެސް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.

އަދި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިޒޯޓްތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒިފުންނަށް ރިޒޯޓްތަކަށް ދިއުމުގައި އެއްވެސް ހުރެހެއް ނެތް ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.

މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަން ވަނީ ހުއްޓިފައެވެ. އަދި ގިނަ ރިސޯޓްތައް ބަންދުކޮށް މުވައްޒިފުން ވަނީ ޗުއްޓީއަށް ފޮނުވާފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ރިޒޯޓްތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒިފުންގެ މައުލޫމާތު އެ މިނިސްޓްރީއަށް ފޮނުވުމަށް އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355