twitterviber whatsapp telegramfacebookyoutube instagram
6th May 2026

ޒުވާނެއްގެ ރަހިމުން ބޮޑު ސިސްޓެއް ނަގައި ކާމިޔާބު އޮޕަރޭޝަނެއް ކޭއާރުއެޗުގައި ކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 7, 2020
4

ޒުވާން އަންހެން ކުއްޖެއްގެ ރަހިމުން ބޮޑު ސިސްޓެއް ނަގައި ކާމިޔާބު އޮޕަރޭޝަނެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރި މި އޮޕަރޭޝަންގައި ނެގި މި ސިސްޓްގެ ބޮޑު މިނުގައި ހުރީ 11*10 ސެންޓިމީޓަރެވެ. މިއީ މިހާތަނަށް އެހޮސްޕިޓަލުން ނެގި މިހާ ބޮޑު ސިސްޓެވެ. މި އޮޕަރޭޝަންގައި ކުޑަ ސިސްޓެއްވެސް ނެގި އެވެ. އޭގައި ހުރީ 2*2 ސެންޓިމީޓަރެވެ.

ކޭއާރުއެޗުގެ މެނޭޖަރ ހެލްތް ސާވިސަސް އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ، މިއީ މިހާތަނަށް ނެގުނު އެންމެ ބޮޑު ސިސްޓް ކަމަށާ އަދި ފަޅައިގެން ނުގޮސް ނެގުނު ހަމައެކަނި ސިސްޓް ކަމަށެވެ. މީގެ ކުރިންވެސް އެ ހޮސްޕިޓަލުން ވަނީ މިފަދަ ދެ އޮޕަރޭޝަނެއްކޮށްފައި އެވެ.

ދެ ގަޑިއިރަށް ކުރިއަށްދިޔަ މި އޮޕަރޭޝަންގައި ގައިނީ ދެ ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ 8 މީހުން ބައިވެރިވެފައިވެ އެވެ. ބަލި މީހާގެ ހާލު ރަނގަޅުކަމަށާއި އިތުރު މައްސަލައެއް ދިމާނުވާނަމަ މިއަދުގެ ވަގުތެއްގައި ހޮސްޕިޓަލުން އެމީހާ ދޫކޮށްލެވެނޭކަމަށް އަހުމަދު ވިދާޅުވި އެވެ.

ލޮކްޑައުންއާ ގުޅިގެން އެ ހޮސްޕިޓަލަށް ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި އެވެ. ދާދި ފަހުން އެ ހޮސްޕިޓަލުގައި ވަނީ ދުވަސްނުފުރާ ވިހޭ 28 ހަފްތާގެ ކުއްޖަކަށްވެސް ފަރުވާދީ ފުރާނަ ސަލާމަތްކޮށްދީފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355