ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން މިހާތަނަށް 8186 މީހުން ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.
249 people were fined and 16 people were arrested yesterday for violating lockdown orders. Till now, 464 people have been arrested for violating lockdown orders. Lets #StayHome and #FlattenTheCurve#StayHomeStaySafe#COVID19Maldives pic.twitter.com/HR12FOzy1V
— Maldives Police (@PoliceMv) June 8, 2020
ފުލުހުން ބުނީ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން މިހާތަނަށް 464 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި 249 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 245 މީހުންނާއި، ހުޅުމާލެއިން 2 މީހަކު އަދި ވިލިމާލެއިން 2 މީހެކެވެ.
އިއްޔެ ލޮކްޑައުންގެ އަމުރާއި ހިލާފު ވެގެން 16 މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެއިން ހައްޔަރު ކުރި 13 މީހުންނާއި، ހުޅުމާލެއިން 3 މީހުންނެވެ.