twitterviber whatsapp telegramfacebookyoutube instagram
26th May 2026

ޗައިނާއިން އަނެއްކާވެސް ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Jun 11, 2020

ޗައިނާ ސަރުކާރުން އަނެއްކާވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ސިއްހީ ސާމާނު ހަދިޔާކޮށްފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ މިއީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސިއްހީ ސާމާނުގެ ތިން ވަނަ ބެޗު ކަމަށެވެ.

މި ފަހަރު ރާއްޖެއަށް ހަދިޔާކުރި ސިއްހީ ސާމާނުގެ ތެރޭގައި ހިމެނެނީ 50000 ސާޖިކަލް މާސްކް، 5000 މެޑިކަލް ޕްރޮޓެކްޓިވް ފޭސް މާސްކްގެ އިތުރުން 5000 ޑިސްޕޮސިބަލް ކަވަރޯލް އަދި 5000 މެޑިކަލް ގޮގްލްސް އެވެ.

މިކަން ހާމަކޮށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކުރެއްވި ޓުވިޓުގައި ވިދާޅުވީ މިތަކެތި މިހާރު ރާއްޖެ ގެނެވިފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ޗައިނާއިން ވަނީ ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ޗައިނާ ސަރުކާރުގެ އެހީއާއި ޗައިނާއަށް ނިސްބަތްވާ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިވެރިން ދިން އެހީވެސް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355