twitterviber whatsapp telegramfacebookyoutube instagram
19th April 2024

މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކުރީގެ ގޮތަށް ދޭން ނިންމައިފި

ނަބީލާ އިސްމާޢީލް
Jun 11, 2020

ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ހަމަހަމަ އުސޫލެއް ހަމަޖެއްސުމަށް ކަމަށް ބުނެ އަލަށް އަމަލުކުރަން ފެށި ސާކިއުލާ ރޭ ބާތިލްކޮށް، މީގެ ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށް އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ ދައުލަތުގެ އޮފީސްތަކުން އިތުރު ގަޑީގެ ފައިސާ ދިނުމުގައި ތަފާތު ގޮތްގޮތަށް އަމަލުކުރަމުން ދާތީ އެކަމަށް އޮފީސްތަކުން ކުރާ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ކުރިމަތިވެފައިނުވާ ފަދަ ބޮޑު ލޮޅުމެއް ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާތީ އިތުރު ގަޑީގެ ފައިސާ ދިނުމުގައި އިންސާފުވެރި އަދި ހަމަހަމަ އުސޫލަކުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން މިދިޔަ މަހު 16 ވަނަ ދުވަހު ނެރުނު ސާކިއުލާގައި ބުނެފައިވަނީ ވަޒީފާ އާއި ބެހޭ ގާނޫނުގެ ދަށުން އިތުރުގަޑީގެ ފައިސާ ދޭނީ ހަފްތާއަކު 48 ގަޑިއިރުގެ މަސައްކަތް ހަމަވުމުން ކަމަށެވެ.

ނަމަވެސް މިއަދު ފިނޭންސް އިން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ މެއި 16ގެ ސާކިއުލާގައި ދައުލަތުގެ މުވައްޒަފުންގެ އިތުރު ގަޑިއާ ބެހޭގޮތުން އެ ސާކިއުލާގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުން ބާތިލްކުރެވިފައިވާ ކަމަށާއި މި ބަދަލާ ގުޅިގެން މެއި 20ގެ ސާކިއުލާއަށް ވެސް އަމަލުކުރަން ނުޖެހޭނެ ކަމުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސިވިލް ސާވެންޓުންގެ ރަސްމީ މަސައްކަތު ގަޑި ނިމޭ ވަގުތުން ފެށިގެން އިތުރު ގަޑީގެ ފައިސާ ލިބޭނެ ކަމަށެވެ. ސިއްހީ ހިދުމަތްތެރިންނަށް ވެސް، ހަ ގަޑިއިރަށް ފަހު މަސައްކަތްކުރާ ކޮންމެ ވަގުތަކީ އިތުރު ގަޑީގެ ގޮތުގައި ފައިސާ ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލު ގެނައީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އެކަން ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވެ އެވެ. އަދި އެއި ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށާއި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް ހުށަހަޅައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355