twitterviber whatsapp telegramfacebookyoutube instagram
26th May 2026

ދެ ދުވަސް ތެރޭ އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ

ޚަދީޖާ އާދަމް
Jun 13, 2020

ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އައްޑޫ ސިޓީއަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންވާ ސާމާނު ގެންދެވޭނެ ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

މާލެއިން އައްޑޫ ސިޓީއަށް ދަތުރުކޮށް، ޓްރާންސިޓް ކަރަންޓީނުގައި ހުރި މީހަކު އިއްޔެ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އައްޑޫ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު ރިސޯޓުގައި ކަރަންޓީނުކޮށްފައި ހުރި 65 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަދު ހެނދުނު މެންބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށާއި ޕޮޒިޓިވް ކޭސް އެއް ފެނުމާ އެކު މެޝިނާއި އެއާއި ގުޅުންހުރި ސާމާނު ފޮނުވުމުގެ މަސައްކަތް ވަނީ ފެށިފަކަމަށެވެ.

މިއީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުން ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް ހިނގާފާނެ ފަދަ ގޮތަށް އާންމުންގެ ތެރެއިން ޕޮޒިޓިވް ކޭހެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ރާއްޖޭގެ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޮވިޑް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެގޮތުން އައްޑޫ ސިޓީގައި 20 އެނދުގެ އައިސީޔޫ އަކާއި 22 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355