twitterviber whatsapp telegramfacebookyoutube instagram
20th October 2025

ނޭޕާލުގައި ތިބި ދިވެހިންގެ ތެރެއިން އަންނަން ބޭނުންވާ ފަރާތްތައް އަންގަން އެދެފި

Jun 13, 2020

ނޭޕާލްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން އެކަން އެންގުމަށް ފޮރިން މިނިސްޓްރީން އެދެފި އެވެ.

އެ މިނިސްޓްރީން ބުނީ މިވަގުތު ނޭޕާލުން ރާއްޖެއަށް އަންނަން އެދިފައި ތިބީ ތިން ދިވެހިން ކަމަށާ ނޭޕާލުން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެންގެމަށް އެދޭ ކަމަށެވެ.

އަންނަ ފްލައިޓްތަކުގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި ފްލައިޓްތަކަށް ރާއްޖެ އައުމަށް ބޭނުންވާ ހުއްދަ ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355