twitterviber whatsapp telegramfacebookyoutube instagram
14th October 2025

އައްޑޫގައި ކޮވިޑަށް ޓެސްޓް ކުރެވޭ ގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Jun 14, 2020

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ކޮވިޑް-19 ވައިރަސް ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓް މިހާރު އެ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. މިހާރު ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ހޮސްޕިޓަލަށް ލިބިފައިވާކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.

ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެހެން ސަރަހަށްދަކުން ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހުނު ފުރަތަމަ ސަރަހައްދަކީ އައްޑޫ ސިޓީ އެވެ.

އައްޑޫއިން ކޮވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު އައްޑޫ އީކުއޭޓަރ ވިލެޖުގައި ކަރަންޓީނުކޮށްފައި ހުރި އަންހެނަކު ވަނީ މިދިޔަ ހުކުރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެންއީއޯސީން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރައްވަމުންދާކަމަށް މީގެ ކުރިން ބުނެފަ އެވެ.

ރާއްޖޭގައި މިހާތަނަށް 2013 މީހުންނަށް މިބަލި ޖެހިފައިވާއިރު މީގެތެރެއިން 1217 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 786 މީހުންނެވެ. އޭގެ ތެރެއިން 8 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. މި ބަލީގައި މިހާތަނަށް 8 މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355