މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 30 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މި އާއި އެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2,065 އަށް އަރާފަ އެވެ.
އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 356 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 362 މީހުންނެވެ.
ކޮވިޑްގައި މިހާތަނަށް ރާއްޖެއިން 8 މީހުން މަރުވެފައިވެއެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 229 މީހަކު މިއަދު ރަނގަޅު ވެފައިވާއިރު މިވަގުތު ކޮވިޑަށް ފަރުވާ ކުރަމުންދަނީ 515 މީހުންނެވެ.