twitterviber whatsapp telegramfacebookyoutube instagram
26th May 2026

ކޮވިޑް ޖެހުނު 80 ޕަސެންޓް މީހުން ރަނގަޅު ވެއްޖެ

Jun 16, 2020

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 130 މީހަކު ރަނގަޅު ވެއްޖެ އެވެ. މި އާއި އެކު ޖުމްލަ ރަނގަޅުވި މީހުންގެ އަދަދު ވަނީ 1670 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 2,094 މީހުންނަށެވެ. މިވަގުތު ބަލިން ރަނގަޅު ނުވެ ތިބީ 414 މީހުންނެވެ. އޭގެ ތެރެއިން ނުވަ މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ހޯމަ ދުވަހުން ފެށިގެން ވަނީ ލުއިތަކެއް ދީފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ވަނީ މަދުވެފަ އެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 29 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވީ 30 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355