twitterviber whatsapp telegramfacebookyoutube instagram
31st October 2026

މި އަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ ނުވަ ލައްކަ ފަތުރުވެރިން

Jun 17, 2020

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމުން މި އަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު އިއްޔެ ވިދާޅުވީ މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ނަމަވެސް މިއަހަރު އަންނާނެ ކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. ބޯޑަރު 382،762 ފަތުރުވެރިންނެވެ.

ރާއްޖެ ޓޫރިޒަމަށް އަލުން ހުޅުވާލާއިރު ޓޫރިސްޓުން އިތުރު އެއްވެސް ޝަރުތަކާ ނުލައި އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާއި ޓޫރިސްޓުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293