twitterviber whatsapp telegramfacebookyoutube instagram
19th September 2026

ހައިޑަވޭގައި ކަރަންޓީނުގައި ހުރި މީހަކު ހާލު ދެރަވެގެން ކޭއާރުއެޗަށް ގެނެސްފި

Jun 17, 2020
2

ހައިޑަވޭ ރިސޯޓްގައި ކަރަންޓީނުގައި ހުރި މީހަކު ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން އެބަދެ އެވެ. މާލެއިން ރިސޯޓް ކަރަންޓީނަށް ހައިޑަވޭއަށް ގެނެސްފައި ހުރި އަންހެނަކު ރޭ ދަންވަރު ކޭއާރުއެޗަށް ގެނެސް ފަރުވާދެމުންދާކަމަށް އެ ހޮސްޕިޓަލުންވެސް ވަނީ ޔަގީންކޮށްދީފައި އެވެ.

ވައިކަރަދޫއަށް ނިސްބަތްވާ 54 އަހަރުގެ އެ އަންހެން މީހާ ކޭއާރުއެޗަށް ގެނެސްފައިވަނީ ނޭވަޔަށް އުނދަގޫވާތީކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ. އެ މީހާ އެޑްމިންޓްކޮށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގެ އައިސޮލޭޝަން ރޫމްގައި އެވެ. އެ މީހާގެ ހާލަތު ސްޓޭބަލް ކަމަށާއި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް މާދަމާ އެ މީހާގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

މާލޭގައި ތާށިވި ގިނަ ބަޔަކު ރިސޯޓް ކަރަންޓީނަށް ރިސޯޓްތަކަށް ފޮނުވާފައިވާއިރު މިހާރު ވަނީ އެ އުސޫލު ބަދަލުކޮށްފައި އެވެ. މިހާރު މާލޭއިން ރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީނުކުރަނީ އެ މީހެއްގައި ގޭގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293