twitterviber whatsapp telegramfacebookyoutube instagram
26th September 2026

ރާއްޖޭގައި ނެތް ބިދޭސީ ޓީޗަރުން ކްލާސް ނަގައިދޭނީ އޮންލައިންކޮށް: އެޑިއުކޭޝަން މިނިސްޓްރީ

Jun 18, 2020

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގައި ކިޔަވައިދެމުންދާ ބިދޭސީ ޓީޗަރުން އެނބުރި ގައުމަށް ގޮސް ބައެއް ޓީޗަރުން ނަޔަސް އޮންލައިންކޮށް ކްލާސްތައް ނަގައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައިވަނީ އަންނަ މަހު އެކަކުން ފެށިގެން ކޮވިޑް ނެތް ރަށްތަކުގައި ސްކޫލްތައް އަލުން ފަށާށެވެ. ނަމަވެސް މާލޭގައި ސްކޫލްތައް އަލުން ހުޅުވާލަނީ ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށެވެ.

ރާއްޖެ ޓީވީން ކޮވިޑާ ގުޅޭ ގޮތުން ގެނެސްދިން ހާއްސަ ކަވަރޭޖް ޕްރޮގްރާމްގައި ކުޅުދުއްފުށީ ސިޓީގައި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ބިދޭސީ ޓީޗަރުން އެނބުރި ރާއްޖެ އަންނަން ބޭނުން ނުވާ ކަމަށެވެ.

އެގޮތުން އެ ސްކޫލުގައި ކިޔަވައިދޭމުން ދާ 11 ބިދޭސީ ޓީޗަރުން އަނބުރާ ރާއްޖެ އަންނަން ބޭނުން ނުވާކަމަށް ނަސިހާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަލުން ސްކޫލްތައް ކިޔަވަން ފަށަން ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ.

އެގޮތުން ގަވައިދުން ސްކޫލްތައް ޑިސްއިންފެކްޓްކޮށް ދަރިވަރުންނަށް އަތް ދޮވެވޭނެ ގޮތް ހަދައި މާސްކު އެޅުމުގެ އިތުރުން ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރިތޯވެސް ބެލުމަށް ވަނީ ނިންމައިފަ އެވެ. އަދި ކްލާހަށް ދަރިވަރުން ފޮނުވުމުގެ ކުރިން ކޮންމެ ދުވަހަކު ގޭޓްކައިރުން ހުން ޗެކް ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293