twitterviber whatsapp telegramfacebookyoutube instagram
5th August 2026

ހައިޑަވޭން ގެނައި މީހާ ނެގެޓިވް

ނަބީލާ އިސްމާޢީލް
Jun 20, 2020

ހައިޑަވޭ ރިސޯޓްގައި ކަރަންޓީންނުގައި ހުއްޓާ ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނައި މީހާ ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެ އެވެ.

މާލެއިން ރިސޯޓް ކަރަންޓީނަށް ހައިޑަވޭ ރިސޯޓަށް ގެނެސްފައި ހުއްޓާ މި މަހު 16 ވަނަ ދުވަހުގެ ދަންވަރު ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނައި 54 އަހަރުގެ އަންހެން މީހާ ކޮވިޑަށް ޓެސްޓްކޮށް އެ މީހާގެ ނަތީޖާ ނެގެޓިވްވެފައިވާކަން އެ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސަސް އަހުމަދު ދާއޫދު ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

ވައިކަރަދޫއަށް ނިސްބަތްވާ އެ އަންހެން މީހާ ކޭއާރުއެޗަށް ގެނެސްފައިވަނީ ނޭވަޔަށް އުނދަގޫވާތީކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ. އެ މީހާ އެޑްމިންޓްކޮށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގެ އައިސޮލޭޝަން ރޫމްގައި އެވެ.

އޭނާގެ ހާލު މިހާރު މަޑުމަޑުން ރަނގަޅުވަމުންދާކަމަށް ކޭއާރުއެޗުގެ މެނޭޖަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355