twitterviber whatsapp telegramfacebookyoutube instagram
5th January 2026

އިންޑިޔާގެ 339 މީހަކު މިއަދު ފުރައިފި

Jun 20, 2020

ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށްދާން ބޭނުން 339 މީހަކު ފުރަައިފިއެވެ.

ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން މީހުންނަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު ފުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިގޯގެ ޗާޓަރު ދެ ފްލައިޓެއްގައި ފުރި މީހުންނެވެ. ހެނދުނު ފްލައިޓުން 170 މީހުން ޓްރިޗީއަށް އަދި މެންދުރު ފަހު ފްލައިޓުން 169 މީހުން ނިއުދުއްލީ އަށް ފުރާފައިވެއެވެ.

މީގެ ކުރިން އެއާ އިންޑިއާގެ ޗާޓަރު ފްލައިޓުތަކުގައްޔާއި އިންޑިގޯގެ ޗާޓަރު ފްލައިޓުތަކުގައި އަދި މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުތަކުގައި ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުން ވަނީ ގައުމަށް ފުރުވާލައިފައެވެ.

މީގެ އިތުރުން އެގަައުމުގެ ސަރުކާރުން ކުރިއަށްގެންދާ ސަމޫދަރު ސެޓޫ އޮޕަރޭޝަނުގެ ދަށުން ހަތަރު ފަހަރެއްގެ މަތިން އިންޑިއާ އަސްކަރީ މަނަވަރެއްގައި އެގައުމުގެ ރައްޔިތުން ގައުމަށް ގެންގޮސްފައި ވެއެވެ. މި އޮޕަރޭޝަނުގެ ފަސްވަނަ ދަތުރުގައި އިތުރު 250 މީހުން މާދަމާ ގައުމަށް ގެންދާނެއެވެ.

ރާއްޖޭގައި އެކި މަސައްކަތްތަކުގައި 27،000 ހެއްހާ އިންޑިއާ ރައްޔިތުން އުޅެ އެވެ. ކޮވިޑް19ގެ މި ހާލަތުގައި މިހާތަނަށް 3500 އަށް ވުރެ ގިނަ އިންޑިއާ ރައްޔިތުން ވަނީ އެނބުރި ގައުމަށް ގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355