twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ކަރަންޓީނާއި ހިލާފުވާނަމަ ރަށްތަކުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު

ޚަދީޖާ އާދަމް
Jun 21, 2020

ރަށްރަށުގައި ކަރަންޓީނު ކުރުމުގެ އުސޫލާ ހިލާފަށް އަމަލުތައް ބަހައްޓާނަމަ ރަށްތަކަށް ބަލި ފެތުރި ނުރައްކަލަށް ހުށައެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ޓެގް ޓީމުން ބުނެފި އެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކަރަންޓީނަށް ރަށްރަށައް މީހުން ފޮނުވުމަކީ ބަލި ފެތުރުމުގެ ކޮންމެވެސް މިންވަރެއްގެ ފުރުސަތެއް އޮތް ކަމެއް ކަމަށެވެ.

ގޭގައި ކަރަންޓީނު ކުރުމުގެ އުސޫލެއް އެކުލަވާލައި ރަށްރަށުގައި ވެސް ކަރަންޓީން ކުރުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ. އެ ހުއްދައާއެކު މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުނާއި ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް ވެސް ރަށްރަށުގައި ކަރަންޓީން ވުމުގެ ފުރުސަތު ދޭން ފަށާފައި ވެއެވެ. މިހާތަނަށް ގިނަ ބަޔަކަށް އެ ފުރުސަތު ދީފައި ވެސް ވެއެވެ.

މާލެ ސިޓީގައި ކޮމިނިއުޓީ ސްޕްރެޑް އޮތުމުން މާލެއިން ކޮންމެ ތާކަށް މީހަކު ދިޔަ ނަމަވެސް އެއީ ބަލި ފެތުރުމަށް ފުރުސަތު އޮވެދާނެ ކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293