twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކަރަންޓީނަށް ނެގި ބައެއް ރިސޯޓުތައް ސަރުކާރުން ދޫކޮށްލައިފި

ޚަދީޖާ އާދަމް
Jun 23, 2020

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއް ރިސޯޓްތައް ސަރުކާރުން ދޫކޮށްލައިފި އެވެ.

އެގޮތުން 13 ރިސޯޓެއް ވަނީ ދޫކޮށްލާފައެވެ. ދޫކޮށްލި ރިސޯޓް ތަކަކީ ބިޔާދޫ، ފަން އައިލެންޑް ރިސޯޓް، ފުރަވެރި، ހޮލިޑޭ އައިލެންޑް ރިސޯޓް، މަޑިވަރު، ރޯޔަލް އައިލެންޑް ރިސޯޓް، އިރުފުށި، ވިލުރީފް، އިރުވެލި، އަތުރުގާ، ހެރަތެރެ، މެދުފުށި އަދި ފުށިފަރެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މަބްރޫކް ވިދާޅުވީ އެ ރިސޯޓްތައް ދޫކޮށްލުމުން ކަރަންޓީނު ފެސިލިޓީތަކުގެ އަދަދަކީ މިހާރު 1،420 ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ތިބީ 217 މީހުންނެވެ.

މަބުރޫކު ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ފަހު ދޫކޮށްލި ރިސޯޓްތަކުގެ ވިޔަފާރި އަލުން ފަށަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293