twitterviber whatsapp telegramfacebookyoutube instagram
25th September 2026

މިއަދު އިތުރު 22 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jun 24, 2020

މިއަދު އިތުރު 22 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު ކުރި ޓެސްޓްތަކުން ޕޮޒިޓިވްވީ 22 ސާމްޕަލް ކަމަށާއި އެއީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުން އަދި އިންޑިއާ މީހެއްކަމަށެވެ.

މީގެ އިތުރުން މިއަދު ވަނީ ކޮވިޑަށް ފަރުވާ ކުރަމުންދިޔަ އިތުރު 10 މީހަކު ބަލިން ރަނގަޅުވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,260 އަށް އަރާފަ އެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 1،839 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 408 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293