twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސަލާން ޖަހައިގެން އުޅުނު ދެ ބިދޭސީއާއެކު އިތުރު 16 ބިދޭސީއަކުން ފޮނުވާލައިފި

އަބްދުލް ވާހިދު ޙަސަން
Jun 27, 2020
1

ކުޅުދުއްފުށި ސިޓީގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މިހާރު ފަށާފައިވާ އޮޕަރޭޝަނުގައި އިތުރު 18 ބިދޭސީއަކު މިއަދު މާލެ ފޮނުވާލައިފި އެވެ. މިއަދު ފުރުވާލި ބިދޭސީންތަކުގެ ތެރޭގައި ސަލާން ޖަހައިގެން އުޅޭ ދެ ބިދޭސީންވެސް ފޮނުވާލި އެވެ.

މިއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވާލުމަށް މިގޮތަށް ކުޅުދުއްފުށި ސިޓީގައި ހިންގުނު ތިންވަނަ ބުރެ އެވެ. މި ޖޫންމަހު ފެށި މި އޮޕަރޭޝަނުގައި މީގެ ކުރިން ވަނީ 46 ބިދޭސީއަކުން ގައުމަށް ފޮނުވާލާފައި އެވެ.

މިއަދު ފޮނުވާލީ ބިދޭސީންނާ މާލެއިން ހަވާލުވާނީ އެކޮނޮމިކް މިނިސްޓްރީންނެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އިތުރު ޕްރޮގުރާމްތައް ކުރިއަށްއޮތްތާވެސް ހިންގާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި އޮޕަރޭޝަން މިހާ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވެނީ ރަށުގެ ކަމާ ގުޅުން ހުރި މުވައްސަސާތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންކަން ފާހަގަކުރައްވައި ލަތީފް ވަނީ އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައި އެވެ.

މިއަދުގެ އޮޕަރޭޝަންވެސް ކުރިއަށްދިޔައީ ވަރަށް ގިނަ މުވައްސަސާތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކު އެވެ. އެގޮތުން ފުލުހުންނާއި ރެޑްކުރެންސެންޓް، ސިފައިން، އެސްޓީއޯ، ކޭޕީއެލް، އަފީފުއްދީން ސްކޫލް އަދި އިމިގުރޭޝަންގެ އެހީތެރިކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.

ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގައުމަށް ފޮނުވާލުމަށް ސަރުކާރުން ފަަށާފައިވާ މި ޕްރޮގުރާމުގައި މިހާތަނަށް ކުޅުދުއްފުށި ސިޓީން މުޅިންވެސް ފޮނުވާލާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުންނެވެ. މި ޕްރޮގުރާމަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355