twitterviber whatsapp telegramfacebookyoutube instagram
7th February 2026

ކޮވިޑް ޖެހިގެން ރާއްޖެއިން ނުވަ ވަނަ މީހަކު މަރުވެއްޖެ

Jun 30, 2020

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މަރުވެފައިވަނީ މި ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 43 އަހަރުގެ ފިލިޕީންސްގެ މީހެކެވެ. މިއީ މި ބަލި ޖެހިގެން ރާއްޖެއިން މަރުވި ނުވަ ވަނަ މީހާއެވެ.

އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް11)ގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 1:50 ގައެވެ.

ރާއްޖެއިން މިހާތަނަށް 2336 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. 1927 މީހުން ވަނީ ބަލިން މުޅިން ރަނގަޅުވެފަ އެވެ. 9 މީހަކު ވަނީ މި ބަލީގައި ރާއްޖެއިން މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355