twitterviber whatsapp telegramfacebookyoutube instagram
16th September 2025

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ގިނަ އަދަދެއްގެ މެޑިކަލް ސާމާނު ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Jul 12, 2020

ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި، ސިއްހީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ބައެއްތަކެތި ރަސްމީކޮށް ހަވާލު ކޮށްފިއެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ހަވާލުކުރި ތަކެތީގެ ތެރޭގައި އައި.ސީ.ޔޫ އެނދާއި އައި.ސީ.ޔޫ ގާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށް ބޭނުންވާ ތަކެއްޗާއި 10،000 ކޮވިޑް-19 ޓެސްޓިންގ ކިޓް ހިމެނެއެވެ.

މިތަކެތި ހަވާލުކުރީ މިކަމަށް ޓަކައި މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިތަކެތި މިނިސްޓަރ އޮފް ހެލްތާއި ހާވާލުކޮށް ދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

އެ ރަސްމިއްޔާތުގައި ޑރ. މާތުރު ވަނީ ކޮވިޑް-19 ދުނިޔޭގައި އަދިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މި ބަލި ކޮންޓްރޯލްކުރުމަށް ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް ގޮވާލައްވާފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް19އަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވެސް އެ ޖަމިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355