twitterviber whatsapp telegramfacebookyoutube instagram
24th March 2026

ކުޑަފަރީންނާއި ހުޅުދުއްފާރުންވެސް މީހަކު ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Jul 12, 2020

ހަލުވިކަމާއިއެކު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ނ. ކުޑަފަރީންނާއި ރ. ހުޅުދުއްފާރުން ވެސް މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

މީޑިއާތައް ބުނާގޮތުގައި ކުޑަފަރީން ޕޮޒިޓިވްވެފައިވަނީ އުމުރުން 90 އަހަރުން މަތީގެ ފިރިހެނެއްކަމަށެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ފައިބިނދިގެން ނ. މަނަދޫ ހޮސްޕިޓަލަށް ދެއްކުމަށްފަހު އެމަރޖެންސީގައި މާލެގެނެސް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ޓެސްޓް ހެދުމުންކަމަށެވެ. އަދި އޭނާގެ ދެވަނަ ސާމްޕަލެއް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރ. ހުޅުއްދުފާރުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ޕޮޒިޓިވްވި ކަން އެނގުނީ ކަރަންޓީން ނިންމާ އިއްޔެ ސާމްޕަލްނަގާ ޓެސްޓް ކުރުމުންނެވެ.

ރ. ދުވާފަރުންވެސް ހޯމް ކަރަންޓީން މުއްދަތު ހަމަވުމަށްފަހު ޓެސްޓް ހަދާ ފުރަތަމަ ނަތީޖާ ނެގެޓިވްވުމުން ދޫކޮށްލި ބަޔަކު އިއްޔެ ވަނީ އަނެއްކާ ޕޮޒިޓިވްވެފަ އެވެ. ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355