twitterviber whatsapp telegramfacebookyoutube instagram
8th November 2025

މާފަރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރެވޭ ސެންޓަރެއް ހުޅުވައިފި

Jul 13, 2020

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ސެންޓަރު މިއަދު ހުޅުވައިފި އެވެ.

މާފަަރު އެއާޕޯޓުގައި ކޮވިޑް ޓެސްޓު ކުރެވޭނެ ސެންޓަރެއް ގާއިމްކުރީ ސޮނެވާގެ ހަރަދުގަ އެވެ. މި މަޝްރޫއުއަށް ބޭނުންވާ ސާމާނު ގެނައުމާއި ތަނުގެ އިމާރާތުގެ އިތުރުން އެތަކެތި އިންސްޓޯލްކޮށް ސެޓަޕް ހެދުމަށް ހަވާލުކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އާއެވެ.

އެގޮތުން ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސޮނެވާ ގްރޫޕުގެ ސީއީއޯ ސޯނޫ ޝިވްދަސާނީ ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.

މި މަސައްކަތަށް 30 ދުވަސް ހޭދަވެފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ބުރާސްފަތީގައި ނިއު ނޯމަލް އަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު މާފަރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރީ ޖޫން މަހު އެވެ.

އެގޮތުން މާފަރު އެއާޕޯޓު އޮންނަ ސަރަހައްދުގައި މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހުރި ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355