twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކޭސްތައް އިތުރުވާތީ އެއްވުންތަކާއި ޖަލްސާތައް ނުބާއްވަން އެދެފި

ނަބީލާ އިސްމާޢީލް
Jul 14, 2020

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ލޮކްޑައުންއަށް ދިން ލުއިތަކަށް ފަހު ކޭސްތައް އިތުރުވަމުންދާތީ، އެއްވުންތަކާއި ޖަލްސާތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އެ މީހުން ކޮންޓެކްޓްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ ހަފްލާތަކާއި ޕާޓީތަކާއި ޖަލްސާތަކާއި އެއްވުންތައް ބާއްވަމުންދާތީ ކަމަށެވެ.

އެޗްޕީއޭއިން ވަނީ ފުރަބަންދަށް ލުއިދިނުމަށް އެޗްޕީއޭއިން ނެރެފައިވާ އުސޫލުތަކާއި އެންގުންތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.

އެގޮތުން 30 މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށް އެއްނުވުމަށާ ކޮންމެހެން ބާއްވަންޖެހޭ ބައްދަލްވުންތަކަށް ފިޔަވައި އެހެން ބައްދަލުވުންތަކަށް ދިއުމަށާއި އޮފީސް ބައްދަލްވުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު އޮފީސްތައް ހުޅުވައި، ކެފޭ ރެސްޓޯރެންޓުތަކާއި ޖިމް އަދި ސްޕާތަކާއި ސެލޫންތައް ހުޅުވާލާފައިވާއިރު ބަލީގެ އަލާމާތްތައް ހުންނަ މީހުންނާއި ކޮންޓެކްޓުން މަސައްކަތަށް ނުދިޔުމަށާއި ބޭރަށް ނުނިކުތުމަށް އެޗްޕީއޭއިން ދަނީ އިލްތިމާސް ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން 2762 މީހަކު ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 2290 މީހަކު ރަނގަޅުވެފައިވާއިރު މިހާރު ފަރުވާހޯދަމުން އަންނަނީ 444 މީހުންނެވެ. ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރޭގައިވެސް އެޑްމިޓް ކޮށްގެން ފަރުވާ ހޯދާ މީހުން މިވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. 34 މީހަކު އެޑްމިޓް ކޮށްގެން ފަރުވާދޭއިރު 13 މީހުން ވަނީ މި ބަލީގައި ރާއްޖެއިން މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355