twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ، މިއީ 14 ވަނަ މަރު

ޚަދީޖާ އާދަމް
Jul 14, 2020

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 14 ވަނަ މީހާއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑަށް ފަރުވާ ދިނުމަށް ހަދާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރި ކޮވިޑްގެ ބަލި މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އުމުރުން 79 އަހަރުގެ އަންހެނެކެވެ. އެއީ ދިވެއްސެކެވެ.

ރާއްޖެއިން ކޮވިޑްގައި ފުރަތަމަ މީހަކު މަރުވީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުުން މެއި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ފިރިހެނަކު އެ ބަލީގައި މަރުވިއެވެ. އަދި މެއި މަހުގެ 8 ވަނަ ދުވަހު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ.

އަދި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ)ވެސް ވަނީ ކޮވިޑް ބަލީގައި އަވަހާރަވެފައެވެ. މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ.

މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ޖުލައި މަހުގެ ފަސްވަނަ ދުވަހު 77 އަހަރުގެ ދިވެއްސެއް އަދި ޖުލައި 8 ވަނަ ދުވަހު 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޮވިޑްގައި މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355