twitterviber whatsapp telegramfacebookyoutube instagram
30th October 2026

ވެށިފަހި މާލޭ މަޝްރޫއުގެ އެއްވެސް ލިއުމެއް ފެންނާކަށް ނެތް: އަސްލަމް

ނަބީލާ އިސްމާޢީލް
Jul 15, 2020

ވެށިފަހި މާލެ މަޝްރޫއުގެ ދަށުން ދޭން ނިންމި ފްލެޓާއި ގޯތީގެ ލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުން ފެންނަން ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަޒީރާއި ކުރެއްވި ސުވާލުތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ވެށިފަހި މާލޭގެ ޕްރޮގުރާމުތަކުގެ ތެރެއިން ފްލެޓަށް އެދުނު މީހުންގެ އެއްވެސް ލިޔެކިޔުމެއް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނެތްކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، ސަރުކާރުގައި އޭގެ ލިޔުންތައް ފެންނަން ނެތަސް، ސައްހަ ނޫން ލިޔުމެއް ހިފައިގެން ގޮސް ފްލެޓުތައް ހޯދުމުގެ ފުރުސަތެއް ނުދޭނެ އެވެ. އޭގެ ބަދަލުގައި ހައުސިން މިނިސްޓްރީ އަށް މީސްމީހުން ގެންދާ ލިޔުންތަކުގެ ސައްހަކަން ބަލާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެކަމަކު ލިޔުމެއް ނެތީސް، ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެށި ފަހި މާލެ ޕްރޮގްރާމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ހައްލެއް ހޯދާދިނުމުގެ ގޮތުން 2010 ވަނަ އަހަރު އިފްތިތާހްކުރި ޕްރޮގްރާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293