twitterviber whatsapp telegramfacebookyoutube instagram
17th May 2024

އާންމު ހިދުމަތަކަށާއި ޕްރޮޖެކްޓުތަކަށް ކަރަންޓީންނުވެ ރަށްރަށަށް ދެވޭ އުސޫލެއް އާންމުކޮށްފި

ޚަދީޖާ އާދަމް
Jul 16, 2020

އާންމު ހިދުމަތެއް ދިނުމަށް ނުވަތަ ހިނގަމުންދާ ޕްރޮޖެކްޓެއްގެ މަސައްކަތަށް ކަރަންޓީންނުވެ މާލެއިން ރަށް ރަށައް ދެވޭނެ އުސޫލެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

އެޗްޕީއޭއިން ނެރުނު އުސޫލުގައި ބުނެފައިވަނީ މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ދިނުމަށް ރަށްރަށައް ދެވޭނީ ހުއްދަ ހޯދައިގެން ކަމަށާ އަދި ދަތުރުކުރާ ރަށެއްގެ ކައުންސިލަށްވެސް އެ މައުލޫމާތު ދޭންޖެހޭނެ ކަމަށް އުސޫލުގައި ބުނެއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މިފަދަ އުސޫލެއް އެކުލަވާލުމުގެ ބޭނުމަކީ އާންމު ހިދުމަތްތައް ނުވަތަ ހިނގަމުންދާ ޕްރޮޖެކްޓެއްގެ މަސައްކަތްތައް މެދުނުކެނޑި ފޯރުކޮށް ދެވޭނެ އިންތިޒާމެއް ގާއިމްކޮށްދިނުމާއި އަދި އެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ކަރަންޓީންނުވެ މާލެއިން ރަށް ރަށައް ދެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.

މި އުސޫލުގައި އާންމު ހިދުމަތެއް ދިނުމަށް ނުވަތަ ހިނގަމުންދާ ޕްރޮޖެކްޓެއްގެ މަސައްކަތަށް ކަރަންޓީންނުވެ މާލެއިން ރަށްރަށައް ދެވޭނެ ދާއިރާތައްވެސް ވަނީ ކަނޑައަޅާފައެވެ.

އެދާއިރާތަކަކީ:

• ކޭބަލް އަދި މީޑިއާ ނެޓްވާކްގެ ހިދުމަތްތައް

• ބެންކުގެ ހިދުމަތް

• ވޯޓާ ސަޕްލައި، ކަރަންޓް ފަދަ ޔުޓިލިޓީ ހިދުމަތްތައް

• މެއިންޓަނެންސް މަސައްކަތްތަކަށް

• ސަރުކާރުން އަދި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް

• އާންމު ހިދުމަތްތަކާއި ގުޅޭ އެހެން މަސައްކަތްތައް

މިއަދު އާންމު ކުރި އުސޫލުގައި ހުއްދަ ހޯދުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި މުވައްޒިފު ފޮނުވާ ކުންފުނިން ނުވަތަ އެ އިދާރާއަކުން އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައްވެސް ބަޔާންކޮށްފައިވެއެވެ.

އަދި މާލެއިން ރަށްރަށައް ދަތުރުކުރާ މީހުން އަމަލުކުރަންޖެހޭ ގޮތްވެސް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މަސައްކަތް ކުރާ ސައިޓް ފިޔަވައި ކޮންމެހެން ދާންޖެހޭ ތާކަށް ނުދިއުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ވަނީ ބުނެދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355